މިއަންނަމަހުގެ ތެރޭގައި ފަރުކޮޅުފުއްޓާއި ހުޅުމާލެ އާއި ދެމެދުގައިވާ ސަރަހައްދުގައި މެރީނާއެއް ހެދުމަށް ބީލަމަށްލައްވާނޭ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަ ކުރައްވައިފިއެވެ.
މިމެރީނާއަކީ މާލެ މިހިމެނޭ ސަރަހައްދުގައި ހެދޭ މިކަހަލަ ފުރަތަމަ މެރީނާއެވެ. އަދި މެރީނާގެ ބިޑް ކާމިޔާބު ކުރައްވާ ފަރާތަކުން އެސަރަޙައްދު ހިއްކުމާއި 001 އެނދުގެ ހޮޓަލެއް ޤާއިމްކުރުމަށްވެސް މިޕްރޮޖެކްޓްގައި ހިމެނެއެވެ. މެރީނާ ސަރަހައްދު ކުއްޔަށް ދޭ މުއްދަތަކީ 25 އަހަރުކަމަށްވެސް އެނގިފައިވެއެވެ.
ހުޅުމާލޭގައި މިވަގުތު 60 ބިން އިންޓަސްޓްރީއަލް ޒޯނުން ކުއްޔަށްދެވިފައިވެއެވެ. އަދި ހުޅުމާލޭގެ ހުޅަނގު އުތުރު ކަނުގައި ފަސްތަރީގެ ހޮޓަލެއް އެޅުމަށް އެސް.ޓީ.އޯ އަށް މިހާރުވަނީ ކުއްޔަށްދޫކުރެވިފައެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓަޑަކީ %100 ސަރުކާރު ޙިއްޞާވާ ކުންފުންޏެވެ. 16 އޮކްޓޯބަރ 1997 ގައި ހުޅުމާލޭގެ ބިން ހިއްކަން ފެށުނީ މާލޭގައި ފުރެމުންދާ އާބާދީއަށް ލުއިކަމެއް ގެނެސްދިނުމުގެ ގޮތުންނެވެ.
No comments:
Post a Comment