21 October 2007 | sharin IO
އަންނަ 2008 ވަނަ އަހަރުގެ މެދުތެރޭގައި އައްޑުއަތޮޅު ވިލިނގިލީ ރިސޯޓް ހުޅުވޭނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ.އިއްޔެ އައްޑޫގައި ހުންނަވައިގެން އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވަމުން ޝައުޤީ ވިދާޅުވީ ވިލިނގިލީގެ މައްސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މެދުތެރޭގައި މުޅިން މަސައްކަތްނިމި ހުޅުވާނެކަމަށް ޝައުޤީ ވިދާޅުވިއެވެ.ވިލިނގިއްޔަކީ އައްޑުއަތޮޅުގައި ތަރައްޤީކުރާ ދެވަނަ ރިސޯޓެވެ. އެއަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓަކީ، ހެރެތެރެއެވެ. އެރިސޯޓް އަންނަމަހު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.އައްޑޫގައި ދެވަނައަށް ހުޅުވޭ ވިލިނގިލީ ރިސޯޓަކީ ދިވެހި ސަރުކާރާ ބޭރުގެ ކުންފުންޏެއްކަމުގައިވާ ޝަންގްރިއްލާ އާއިއެކު ހިއްސާވެގެން އުފައްދާފައިވާ އައްޑޫ އިންވެސްޓް މަންޓުން ތަރައްޤީކުރަމުންދާ ރިސޯޓެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރެވެމުންދަނީ މިރިސޯޓުގެ ކޮޓަރިތައް އެޅުމުގެ މަސައްކަތެވެ. 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ވިލިނގިލީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަނީ 60 މިލިޔަން ޑޮލަރުގެ ރައުސްމާލެއްގެ ދަށުންނެވެ.މިނިސްޓަރ ޝައުޤީ ވިދާޅުވިގޮތުގައި އައްޑޫގެ ދެ ރިށޯޓެއްގެ މަސައްކަތް ވަރަށްބާރަށް ކުރިއަށް ދިޔަނަމަވެސް ތިންވަނަ ރިސޯޓު ކަމުގައިވާ ހަނަކެޑެގެ މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށް ނުދާކަމަށެވެ. އެތަނުގައި އަދިވެސް ކުރިއަށްދަނީ ފެންސް ޖެހުމުގެ މަސައްކަތް ކަން ފާހަގަކުރައްވައި ކުރިއަށްއޮތްތަނުގައި އެތަނުގެ މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށްނުދާނަމަ ކަނޑައުސޫލުން ފިޔަވަޅު އެޅުއްވުމާމެދު ވިސްނަވާ ކަމަށްވެސް މިނިސްޓަރ ޝައުޤީ ވިދާޅުވިއެވެ.
No comments:
Post a Comment