އައްޑު އަތޮޅުގެ ހެރެތެރޭގައި ހެދުނު ރިސޯޓްގެ މަސައްކަތް ގެންގޮސްފައިވާ ހަލުއިކަމާއި ފުރިހަމަކަން މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް (މަޓީ)އިން ފާހަގަކޮށް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް މަޓީގެ ޗެއަރމަން ކޮލި މުޙައްމަދު ޢުމަރު މަނިކު ޝުކުރުއަދާ ކުރައްވައިފިއެވެ.
އައްޑު އަތޮޅު ހެރެތެރޭގައި ހަދާފައިވާ ރިސޯޓުގެ އެންމެ ފަހުގެ ޒީނަތްތެރިކުރުން ކުރިއަށްދާއިރު ރިސޯޓް ނިންމުމުގެ އަޒުމް ނުގުޑާނެ ކަމަށް ހެރެތެރެ ޕްރޮޖެކްޓް މެނޭޖަރ އިބްރާހިމް ނޫރައްދީން ވިދާޅުވެފައިވާތީ އެމަސައްކަތަށް އިތުރު ހިތްވަރު ދިނުމުގެ ގޮތުން މުހައްމަދު ޢުމަރު މަނިކު ވަނީ މިދިޔަ ހަފްތާގައި އެރަށަށް ޒިޔާރަތް ކުރައްވާފައިކަމަށް ފަތުރުވެރިކަމާބެހޭ އެންމެ ފުންނާބު އުސް ރާއްޖޭގެ ޖަމިއްޔާއިން ބަޔާންކުރެއެވެ.
މާލެއާއި ހެރެތެރެ އޮންނަ ދުރުމިނާއި މިމަހުގެ ކުރީކޮޅު ކުރި ގަދަ ވިއްސާރައިގެ ސަބަބުން ޕްރޮޖެކްޓް ނިންމުމަށް ދަތިތަކެއް ދިމާވި ނަމަވެސް ހެރެތެރެއަކީ މިފަދަ ބޮޑު ޕްރޮޖެކްޓެއް މިހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނިންމި ރެކޯޑެއްކަން މަޓީއިން ފާހަގަކުރެއެވެ. އައްޑު އަތޮޅުގައި ރަނގަޅު ފެންވަރެއްގެ ރިސޯޓެއް އޮތުމުގެ އިންތިޒާރު އެއަތޮޅު މީހުން ކުރާތާ އެތައް އަހަރެއް ފަހުން މިކަން ހަގީގަތަކަށް ހެދުމަކީ އެމަސައްކަތުގައި އުޅުނު އެންމެންނަށް ލިބުނު އުފަލެއްކަމަށްވެސް އިބްރާހިމް ނޫރައްދީން ވަނީ ވިދާޅުވެފައިކަމަށް މަޓީން ބުނެއެވެ. ކަންމިހެން ހުރިއިރު ހެރެތެރެއަށް އަލަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ 150 އަށް ވުރެ ގިނަ ޖަރުމަނު ފަތުރުވެރިން އެރަށަށް ނުގެންގޮސް އެހެން ރިސޯޓުތަކަށް އިއްޔެ ބަދަލުކޮށްފައިވެއެވެ. މިހެން ހަދަން ޖެހުނީ މިފަތުރުވެރިންގެ ޓްރެވަލް އޭޖަންޓްކަމަށްވާ ތޯމަސް ކުކްއިން ބެލިބެލުމުގައި ހެރެތެރެ ފަތުރުވެރިންނަށް ލާއިގުވާ ފެންވަރަށް ނިމިފައިނުވާކަމަށް ކަނޑެއެޅުމާ ގުޅިގެންނެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ފަރާތުން އެންމެ ފުރަތަމަ ތަރައްގީކުރި އައްޑު އަތޮޅު ހެރެތެރެ ރިސޯޓަށް އިއްޔެ ގެނައުމަށް ހަމަޖެއްސި ފަތުރުވެރިން ހެރެތެރެއަށް ނުގެންދިޔައީ ފަތުރުވެރިންގެ ކުރިމަތީގައި ރާއްޖޭގެ “އިމޭޖު ރީތިކުރުމު”ގެ ގޮތުން ކަމަށް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މާކެޓިންގ އެކްޒިކެޓިވް މުހައްމަދު މަލީހު އިއްޔެ ވިދާޅުވިއެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ފުންނާބުއުސް ބޭފުޅުން ތައްޔާރުކުރި ހެރެތެރެ ރިސޯޓަށް ފަތުވެރިން އިއްޔެ ނުފައިބާ ގޮތަށް ނިންމީ ހެރެތެރޭގެ ލޭންޑްސްކޭޕިންނާއި މަގުތަކާއެއްޗެހި ރާއްޖެ އަންނަ ފަތުރުވެރިންގެ “އެސްޕެކްޓޭޝަނަށް މެޗު”ނުވާތީ ކަމަށްވެސް މުހައްމަދު މަލީހު ވިދާޅުވިއެވެ.
ހަމަ މިއާއެކު ޖަރުމަނު ފަތުރުވެރިންގެ އޭޖެންޑް ތޯމަސް ކުކް އިއްޔެ ބުނީ ފަތުރުވެރިންނާއެކު ކޮންޑޯ ބޯޓު ޖަރުމަނުން ފުރައިގެން އައްޑޫ އަށް ދިއުމަށް ފުރައިގެން ގޮސް ވަކި ހިސާބަކުން އަނބުރާލާފައި އައިސް ހުޅުލޭގައި ޖެއްސީ ހެރެތޭގައި ފަތުރުވެރިންނަށް ފޯރުކޮށްދެވޭ ފެންވަރުންގެ “އެއްވެސް ޚިދުމަތެއް” ނެތްކަމަށް އެކުންފުންޏަށް މައުލޫމާތު ލިބުމާ ގުޅިގެންނެވެ. އެކުންފުނިން ބުނީ ހެރެތެރޭގެ އަސްލު ހާލަތު އެނގިފައި “ޝޮކު” ޖެހުނުކަމަށެވެ.
އަދި އެންމެ ފަހު މިނިޓާ ޖެހެންދެކަށްވެސް ތޯމަސް ކުކްއަށް މައުލޫމާތު ދީފައި ވަނީ ހެރެތެރެ އޮތީ 90% ނިމިފައިކަމަށެވެ. އަދި މިމައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދީފައިވާނެއެވެ. ނަމަވެސް މިމައުލޫމާތު ސައްހަ ނޫންކަން އެނގުނުއިރު މާލަސްވެއްޖެ ކަމަށެވެ. އަދި ހެރެތެރޭގެ ވެރިންނަށް މާބޮޑަށް އިތުބާރު ކުރެވުނީކަމަށްވެސް ތޯމަސް ކުކް ބުނެއެވެ. އަދި ބޯޓު ރިސޯޓަށް ނައްޓާލިފަހުން ރިސޯޓު ތައްޔާރުނުވާކަން އެނގުނު އެނގުމަކީ މީގެ ކުރިން ދުވަހަކުވެސް އެކުންފުނިން ތަޖުރިބާކޮށްފައިވާ ކަމެއްނޫންކަމަށް ތޯމަސް ކުކްގެ ފަރާތުން މަތިއާސް ބްރާންޑެސް ބުންޏެވެ.
މިމައްސަލާގައި ޓޫރިޒަމް މިނިސްޓަރ މަހްމޫދު ޝައުގީ އައްޑޫގައި ހުންނާވާފައި އިއްޔެ ވިދާޅުވީ ހެރެތެރެ އިފްތިތާހުކުރުން ލަސްވުމާ ގުޅިގެން އެމަނިކުފާނު “ހިތާމަފުޅު” ކުރައްވާކަމަށެވެ. ތިންހަފްތާ ތެރޭގައި ހެރެތެރެ ތައްޔާރުކޮށް ނިމޭނެކަމަށް އެރިސޯޓުން ބުނެއެވ |
No comments:
Post a Comment