Thursday, October 2, 2008

ވަޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަށް ބައެއް ސިޔާސީ ޕާޓީތަކުން ހަވަނަ ދުވަހު ފާސްކުރުމަށް އެއްބަސްވުމާއި ގުޅިގެން ހަޅުތާލު ފަސްކޮށްފ

ި

މުހައްމަދު އަފްރާޙް އިއްޔެ، 16:39 0 ޚިޔާލު

ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ވަޒީފާގެ ގާނޫނުން ނިގުޅައިގެންފައިވާތީ އަންނަ މަހުގެ ފަސްވަނަދުވަހު ހަޅުތާލުކުރުމަށް ނިންމާފައިވަނިކޮށް ބިލަން ހުށަހަޅާފައިވާ އިސްލާހުތަށް ބައެއް ސިޔާސީޕާޓީތަކުން އަންނަމަހު ހަވަނަ ދުވަހު ފާސްކުރާނެ ކަމުގެ ޔަގީންކަށް ދިނުމުން ހަޅުތާލު ފަސްކޮށްފައިވާ ކަމަށް ޓުއަރިޒަމް އެންޕްލޮއީ އެސޯސިއޭޝަން( ޓީމް) ން ބުނެފި އެވެ.

ޓީމްގެ ރައީސް އަހުމަދު އިސަ މިއަދު ވިދާޅުވި ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ގިނަ ހައްގުތަކެއް ވަޒީފާއާއި ބެހޭ ގާނޫނުން ނިގުޅައި ގެންފައިވާތީ އެހައްގުތައް ހޯދުމަށް އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކުރުމަށް ރާވާފައިވާ ހަޅުތާލު ހަތް ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

” އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމެޓީން ކުރިން ނިންމާފައިވާނީ ފަސްވަނަ ދުވަހުގެ ހަޅުތާލަށް ދާން. އެގޮތައް ނިންމާފައިވަނިކޮށް އެކަމާއި ބެހޭގޮތުން ބޮޑެތި ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށް ވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި. އަޅުގަނޑުމެންނާއި ބައްދަލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޑީއާރުޕީ, އެމްޑީޕީ, އެސްއެލްޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުން ހިމެނޭނެ. އަދި އައްޑު އަތޮޅުގެ މެންބަރު އަސްލަމްވެސް އެކަމާއި ގުޅިގެން އަޅުގަނޑުމެންނާއި ބައްދަލުކޮށް ވަނީ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް ހަވަނަ ދުވަހު ބައްވާ މަޖިލީހުގެ ޖަލްސާގައި އަޅުގަނޑުމެން ބޭނުންވާ ގޮތައް ފާސްކޮށް ދޭން ވޯޓުދޭނެ ކަމަށް އެސްބަސްވެފައި.“ އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ މީގެ ކުރިން ހަތަރު މަސްދުވަސް ވަންދެން ކަމާއި ބެހޭ ފަރާތްތަކައި ތަފާތު ބައްދަލުވުންތައް އެކަމާއި ބެހޭގޮތުން ބައްވާފައިވާ ކަމަށާއި މިހެން ކަމުން މިފަހަރު ދީފައިވަނީ އެކަން ސުލްހަވެރިކޮށް ގެންދިއުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށެވެ.

” ފަތުރުވެރިކަމުގެ ދާއިރާގެ އިސްބައެއް ފަރާތްތަކުން އެބަބުނޭ އެފަރާތްތަށް ގަބޫލެއް ނުކުރަމޭ ހަޅުތާލަކަށް ގޮސްގެން އެކަށީގެންވާ ބަޔަކު އެކަމުގައި ބައިވެރިވާނެ ކަމަކަށް. އެއީ ވަރަށް ބޮޑި ކުންހީއެއް. އަޅުގަނޑުމެން ޔަގީން ކަންދެން ބިލަން ހުށަހަޅާފައިވާ އިސްލާހުތައް ހަވަނަ ދުވަހު ފާސްނުވެއްޖެ ނަމަ ކުރާ ހަޅުތާލުގައި ފަތުރުވެރިކަމުގެ ސިނާއަރުގެ 80 އިންސައްތަ ހުއްޓުމަކަށް އަންނާނެ ކަމުގެ.“އީސަ ވިދާޅުވިއެވެ.

މި ހަޅުތާލު ފަސްކުރުމާއި ގުޅިގެން ޓީމުން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އެ ނޫސްބަޔާނުގައި ވަނީ ފަހެއް ގައި ކުރުމަށް ކުރިން ހަމަޖެހިފައިވާ ހަޅުތާލު ބިލް ފާސްނުވެއްޖެ ނަމަ ހަތްވަނަ ދުވަހު ކުރުމަށް އެގްޒެކެޓިވް ކޮމެޓީން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވަނީ ވަޒީފާގެ ގާނޫނުގެ 34 ވަނަ މައްދާގެ ހ. ގެ ހަތަރަކުން ނެވެ.

ޓީމުން ބުނީ ހައްގުތައް ހޯދުމަށް ހަޅުތާލު ކުރުމަށް ނިންމުމާއި ގުޅިގެން ޓުއަރިޒަމް ދާއިރާ އާއި ބައެއް ރިސޯޓުތަކުގެ އިސްފަރާތްތަކުން މުވައްޒަފުންނަށް އިންޒާރު ދީ ބިރުދައްކަމުން ގެންދާ ކަމަށާއި އެފަދަ ފަރާތްތަކުން މަސައްކަތް ކުރަމުން އެގެންދަނީ ގާނޫނުގެ ބާރު ކަނޑުވާލުމަށް ކަމަށެވެ.

No comments: