ި

ސަރުކާރުގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަންގެ އެސިސްޑެންޓް ޑިރެކްޓަރ ޖެނެރަލް ޔަޒީދު މުޙައްމަދުއެވެ.
މި އެގްރީމެންޓްގައި ސޮއިކުރާތާ 90ދުވަހުގެ ތެރޭގައި ޑިވެލޮޕްމަންޓް ކޮންސެޕްޓް އާއި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް އަދި ވޯކް ޕްލޭން ޓޫރިޒަމަށް ހުށަހަޅަން ޖެހޭނެއެވެ. މި ޑިވެލޮޕްމަންޓް ކޮންސެޕްޓާއި އެންވަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް އަދި ވޯކް ޕްލޭން ފާސްވާތާ ސާޅީސް ފަސްދުވަހުގެ ތެރޭގައި ތަފްސީލް ކުރެހުންތައް ހުށަހަޅައި ފާސްވުމުން ރިސޯޓްގެ ޢަމަލީ މަސައްކަތް ފަށައި ގިނަވެގެން 36ދުވަހުގެ ތެރޭގައި ރިސޯޓް ޢިމާރާތްކޮށް ނިންމަން ޖެހޭނެއެވެ.
އެހެން އަށްއަށާއި ޚިލާފަށް މިރަށަކީ، ރަށުން ބައެއް ހިމެނޭގޮތަށް ރިސޯޓެއް ތަރައްޤީ ކުރުމަށް ދެވުނު ފުރަތަމަ ރަށަށް ވެފައި މިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެގްރީމެންޓް ކުރެވޭ ކުންފުނިން ރިސޯޓް ހުޅުވާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ޢާއްމުންނަށް އެ ކުންފުނީގެ ވިހިއިންސައްތަ ޙިއްސާ ވިއްކަން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން ހއ.އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަދި ޚާއްސަކޮށް ހއ.ކެލާގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފައިދާއާއި މަންފާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
No comments:
Post a Comment