ޯޓްލާ މީހުން ރަޖިސްޓްރީކުރުން ޕޯލިންގ ސްޓޭޝަންތަކުގައި ވޯޓްލާ މީހުންގެ ކިއު ނިމެންދެން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފި.

ގިނަ ސިޔާސީ ޕާޓީތަކެއް ވާދަކުރާ ރިޔާސީ އިންތިޙާބްގައި އިލެކްޝަންސް ކޮމިޝަނުން ކުރިން ދެއްވާފައިވާ މުއްދަތުގައި ގިނަ އަދަދެއްގެ މީހުން ރަޖިސްޓްރީވެފައި ނެތުމުން އެފަރާތްތަކުން ޝަކުވާ އުފުލަމުންދިއުމާ ގުޅިގެން އެފަރާތްތަކަށް ވޯޓްލުމުގެ ފުރުސަތުދެއްވުމުގެ ގޮތުން މިއަދު ވޯޓިންގ ޕޯލްތައްދޮށަށްދާ މީހުންގެ ކިއުނިމެންދެން ރަޖިސްޓްރީކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.
އިންތިޙާބާއި ބެހޭ ގޮތުން އިލެކްޝަން ކޮމިޝަނަށް އާންމު ރައްޔިތުންގެ ފަރާތުން އަންނަމުންދާ ޝަކުވާއާއި ގުޅިގެން އިލެކްސަންސް ކޮމިޝަންގެ މައިމަޒުކަޒުގައި މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެކޮމިޝަންގެ ރައީސް މުޙައްމަދު އިބްރާޙިމް މިއަދު ވިދާޅުވީ ވަރަށް ގިނަ ޕޯލިން ސްޓޭޝަންތަކުގައި ދަނީ އެތަނުގެ ރަޖިސްޓްރީގައި ވަރަށް ގިނަ ފަރާތްތަކެއްގެ ނަން ހިމެނިފައިނުވާ ކަމުގެ ވަރަށް ގިނަ މައްސަލަތަކެއް ހުށަހަޅަމުން ކަމަށެވެ. އެގޮތުން ރާއްޖެތެރޭންނާއި މާލޭން ވެސް ވަރަށް ގިނަ އަދަދަކަށް އެމައްސަލަ ހުށަހެޅިފައިވާ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.
އެހެންކަމުން ޕޯލިން ސްޓޭޝަންތަކުގެ ރަޖިސްޓްރީން އުނިވެފައިވާ ބޭފުޅުންނަކީ އެޕޯލިންގ ސްޓޭޝަނަކަށް ވޯޓް ލައްވަންޖެހޭ ބޭފުޅެއްކަން، އެބޭފުޅެއްގެ އައިޑީކާޑުން އިނގޭނަމަ އެބޭފުޅެއްގެ ނަން އެލިސްޓަށް އިތުރުކޮށް އެފަރާތަކަށް ވޯޓްލުމުގެ ފުރުސަތުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަނުން މަޢުލޫމާތުދެއްވި ގޮތުގައި ޕޯލިންގ ސްޓޭޝަންގައި ތިއްބަވާ ބޭފުޅުންނަށް އެގޮތައް އަމަލްކުރުމަށް މިހާރު އިރުސާދުދެއްވަމުންދާ ކަމަށެވެ.
މީގެއިތުރުން އެމީހަކު ރައްވެހިވެފައިވާ ރައްނޫން އެހެން ރަށެއްގައި ވޯޓްލައްވަން ބޭނުންފުޅުވެގެން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާ، އެ ފޯމް އެކޮމިޝަނުން ބަލައިގެންފައިވާ ކޮންމެ ބޭފުޅަކަށްމެ އެ ފުރުސަތުދެއްވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި މިފުރުސަތު ހުޅުވާލެއްވި ނަމަވެސް އައިޑީކާޑު ހިފައިގެން ޑަބަލްކޮށް ވޯޓްލާންދާ ފަރާތްތައް ލިސްޓްތައް ޗެކްކުރާއިރު އެނގިއްޖެނަމަ އެފަރާތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
No comments:
Post a Comment