Sunday, July 27, 2008

ތ. ކަޅުފަހަލަފުށި ޝަފީގުގޭ އިބްރާހިމް ޝަފީގަށް ލިބެން ޖެހޭކަމަށް ޝަރީއަތުން ކަނޑައެޅެން ނެތްކަމަށް ހުކުމްކޮށްފް


ި


ޓޫރިސްޓް ރިޒޯޓް ހެދުމަށް 2004 ވަނަ އަހަރު ސަރުކާރުން ބީލަމަށް ލެއްވި 11 ރަށުގެ ތެރެއިން ތ. ކަޅުފަހަލަފުށީގެ ބީލަން ކާމިޔާބުކޮށްފައިވަނީ ޝަބީރު އަހްމަދުކަމަށް ބުނެ ސަރުކާރުން އޭނާއަށް އެރަށް ދޫކޮށްފައިވާތީ އެއީ ނާއިންސާފުން ކުރިކަމެއް ކަމަށާއި، އެރަށް ލިބެން ޖެހޭނީ ހ. ޝަފީޤުގެ އިބްރާހީމް ސަފީޤަށްކަމަށް ބުނެ މަދަނީ ކޯޓަށް ހުށަހެޅި މައްސަލާގައި އެރަށް ލިބެންޖެހޭނީ ޝަފީޤަށްކަމަށް ޝަރީއަތުން ކަނޑައެޅެން ނެތްކަމަށް މިއަދު ގާޒީ މުޖުތާޒު ފަހުމީ ހުކުމް ކޮށްފިއެވެ.
2005 ވަނަ އަހަރުގެ އޯގަސްޓް މަހު އަހްމަދު ޝަފީޤު ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގެ ދައުވާގައި ބުނަނީ އެރަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެފަދަ ބީލަމެއްގައި އަމަލުކުރަން ސަރުކާރުން ކަނޑައަޅުއްވާފައިވާ ހަމަތަކާއި އުސޫލުތަކުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބިގެން އެރަށް ލިބެންޖެހޭ ބީލަމަކީ އޭނާ ހުށަހެޅި ބީލަން ކަމަށެވެ. އަދި އެރަށް ދީފައިވަނީ ގަވައިދުން ބީލަމުގައި ޑިސްކޮލިފައިވާން ޖެހޭ ފަރާތެއްކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.
"މިކަމަކީ ހަމައާ އިންސާފާ ހިލާފަށް އަޅުގަނޑު ނުހަނު ބޮޑު ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަކަށް ވާތީ މި މައްސަލަ ޢަދާލަތުގެ މަގުން ބައްލަވައި ޝަބީރު އަހްމަދަށް ކަޅުފަހަލަފުށި ދެއްވާފައިވާ ދެއްވުމަކީ މިފަދަ ބިޑްތަކުގައި ޢަމަލުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ގަވައިދުގެ މަތިން ދެއްވާފައިވާ ދެއްވުމެއް ނޫންކަމަށް ކަނޑައަޅުއްވާ އެންމެ ގިނަ ޕޮއިންޓް ލިބިގެން އެރަށް ލިބެންޖެހޭ ފަރާތަކީ އަޅުގަނޑު ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދެމެވެ" ޝަފީޤުގެ ބަޔާނުގައިވެއެވެ.
އެގޮތުން ޝަރީއަތުގައި ޝަފީޤަށް އެރަށް ލިބެންޖެހޭނެކަމަށް ހެކިދައްކަވަމުން "ޓެންޑާ ގައިޑްލައިން ފޯ ގަވަރްމަންޓް ޕްރޮޖެކްޓްސް" ގެ ސެލްޝަން އެކެއް އިންސްޓަރަކްޝަންސް ޓު ބިޑާސް"ގެ ފަސް ވަނަ މާއްދާއަށް ހަވަލާދީ ވަކީލު ވާހަކަ ދައްކާފައިވެއެވެ.
އެ މާއްދާގެ ތަރުޖަމާގައި ބުނަނީ "ބީލަން ހުށަހަޅާ ކޮންމެ ފަރާތަކުންވެސް ހުށަހަޅަން ވާނީ އެންމެ ބީލަމެކެވެ. އެއީ އަމިއްލަ ނަމުގައި ނުވަތަ އެހެން ފަރާތަކާއި ގުޅިގެން ޕާޓްނަރެއްގެ ހައިސިއްޔަތުން ކަމުގައިވިޔަސްމެއެވެ. ބީލަން ހުށަހަޅާ އެއްވެސް ފަރާތަކުން އެއް ބީލަމަށްވުރެ އިތުރު ބީލަން ހުށަހަޅައިފިނަމަ ނުވަތަ އެއް ބީލަމަށްވުރެ އިތުރު ބީލަމުގައި ބައިވެރި ވެއްޖެނަމަ (އެއީ ސަބްކޮންޓްރެޓަރެއްގެ ހައިސިއްޔަތުން ނުވަތަ ހުއްދަ ދެވިގެން ނުވަތަ ބަދަލުގައި އެދިފައިވާ މީހެއްގެ ހައިސިއްޔަތުން ފިޔަވައި އެހެން ގޮތަކުން) އެފަރާތުން ބައިވެރިވެފައިވާ ހުރިހާ ބީލަންތައް ކަމުގައިވާ ޕްރޮޕޯސަލްތައް ބާތިލް ކުރެވޭނެ" މިހެންނެވެ.
ކަޅުފަހަލަފުށީގެ ބީލަމަށް ބަލާއިރު 10 އަހަރުގެ ކުލީގެ ގޮތުގައި 53 މިލިއަން ޑޮލަރާއެކު އެންމެ ބޮޑު ކުއްޔެއް ހުށަހަޅާފައި ވަނީ ޝަބީރު އަހުމަދެވެ. ދެވަނައަށް 51 މިލިއަން ޑޮލަރު ހުށަހަޅާފައިވަނީ ސަން އައިލެންޑް ހޮޓެލް ޕްރައިވެޓް އެން ސްޕާ ޕްރައިވެޓް ލިމިޓެޑެވެ. ތިންވަނައަށް އޮތީ 50 މިލިއަން ޑޮލަރު ހުށަހެޅި ކޮކޯޕާމް ރިސޯޓް އެން ސްޕާ ޕްރައިވެޑް ލިމިޓެޑެވެ. ހަތަރުވަނައަށް އޮތީ ސަން ލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުނިން 48 މިލިއަން ޑޮލަރު ހުށަހަޅާފައިވެއެވެ. ސަން ލޭންޑް ހޮޓެލްސް އާއި ކޮކޯ ޕާމާ ރިސޯޓްސް އާއި ސަން ލޭންޑް ޓްރެވަލްސްއަކީ ވެސް ޝަބީރު ހިއްސާވާ ކުންފުނިތަކެވެ. މި މައްސަލަ ކޯޓަށް ވެއްދި ޝަފީޤު ކަޅުފަހަލަފުއްޓަށް ހުށަހަޅާފައި ވަނީ 10 އަހަރުގެ ކުލީގެ ގޮތުގައި 46 މިލިއަން ޑޮލަރެވެ.

No comments:

Post a Comment