މޫނު ބުރުގާ އެޅުން މަނާކުރުމަށް ވުރެ ކޯޓު ފަޓުލޫނު ލުން މަނާކުރުން މާރަނގަޅުވާނެ - ބީއޭ ނަސީމް | ||||
| ||||
| ||||
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަލާފާން ސުކޫލުގައި ބޭއްވި އެމްޑީޕީގެ ޢާންމު ޖައްސާގައި ވާހަހަފުޅު ދަކަވަމުން މޫނުބުރާ އެޅުން މަނާކުރުމަށްވުރެ ކޯޓު ފަޑުލޫނުލުން މަނާކުރުން މާރަނގަޅުވަނެކަމަށް އެޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް އައްޝައިހް އާދަމް ނަސީމް (ބީއޭ) ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނަކީ ލުއިފަސޭހަ ދީންކަމުގެ ތަޢުރީފް ހަމައެހެންމެ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަމަށް ވިދާޅުވެ، އޭގެ އަސްލު ފޮރުވަން ސަރުކާރުން މަސައްކަތް ކުރައްވަނީ އިސްލަމްދީނާ ދުރުކުރުވަންކަމަށް ވިދާޅުވެ އިސްލާމްދީނަކީ މެދުމިނެއްގެ ދީނެއްކަމަށް ބުނާ ސަބަބު ސާފުކޮށްދެއްވިއެވެ. “29 ސެޕްޓެމްބަރު 2007ގައި ސަލްޓަންޕާކުގެ މައްސަލައިގައި އެކަމަށް އިޝާރާތްކުރީ ނުވަތަ އަމާޒުކުރީ އެމްޑީޕީއަށް ސީދާ ރައީސުލްޖުމްހޫރިއްޔާ. ދެން ފަހުން އެވެއްޖެ ދީނީކަމަކަށް ދީނީމީހުން އޭގަ ހިމެނިއްޖެ. ދެން އަނެއްކާފަހުން ހިމަންދޫ މައްސަލަވެސް އެކަހަލަގޮތަކަށް ވެގެން ދިޔައީ. ދެން މިހާރު މިއަންގަވަނީ މެދުމިނު ދީނުގެ ވާހަކަ އިގޭތޯ. މިއަޅުގަޑުމެން އިސްލާމްދީނާ ދުރަށް ގެންދިޔުމުގެ އަނެއްވާހަކަ މިއީ. އަބަދުވެސް އިލްމުވެރިންވެސް ވާހަކަ ދައްކަވާއިރުގަ ގިނަ އިލްމުވެރިން ސަރުކާރުގެ އިލްމުވެރިން ވާހަކަދައްކަވާއިރު މެދުމިނުގެ އިސްލާމް ދީނެއްގެ ވާހަކަ ދައްކާނެ އިގޭތޯ. ލުއިފަސޭހަ އިސްލާމްދީނެއްގެ ވާހަކަ ދީނުގައި ދަތިކަމެއްނެތް ވާހަކަ. އެރަގަޅު ވާހަކަ އޭގެ މަގާމްގައި އިގޭތޯ. ކޮބައިތޯ ލުއިފަސޭހަ ކަމުގެމާނަ؟ ލުއިފަސޭހަ ދީނެއް މިހެން ކީރިތި ޤުރުއާނުންނާއި އަދި ސުންނަތުން ސާބިތުވަނީ އެއީ އެހެން އުއްމަތްތަކުގެ އެމީހުންނަށް ޖައްސަވާފައިވާ ތަކުލީފު އެމީހުންގެ ޝަރީއަތް އެމީހުންނަށް ޖައްސަވާފައިވާ ކަނޑައަޅާފައިވާ ހުކުމްތައް އެއާ އަޅާ ބަލާއިރުގައި މިއުއްމަތަށް ޖައްސަވާފައިވަނީ ލުއިފަސޭހަކޮށް އެއީ އޭގެމާނައަކީ. އެއްވެސް ހާލެއްގައި މިދީން މެދުމިން ކުރުމެއްނޫން އެއީކީ” ބީއޭ ނަސީމް ވިދާޅުވިއެވެ.
މެދުމިން ކަނޑައެޅުން ހަމައެހެންމެ ބީއޭ ނަސީމްގެ ވަހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްލާމް ދީނުގެ މެދުމިން ކަނޑައަޅުއްވާ އިސްލަމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހަށް ފޮނުއްވަފައިވާ ސިޓީފުޅާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އިސްލާމީ ވެރިއްގެ ކިބައިން ފެނިގެންނުވާނެ ސިފަތައް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރިކަން މިސިޓީއިން ދޭހަވާކަމަށް ބީއޭ ނަސީމް އިޝާރާތްކުރެއްވިއެވެ. “މިހާރު ފޮނުވާފައިވާ ސިޓީއަށް އަޅުގަޑު ދަންނަވާލާނަން މަތީމަޖިލީހަށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީގައި ދީނީގޮތުން މެދުމިނުގެ އުސޫލު ގެންގުޅުއްވާ ބޭފުޅުން އިގޭތޯ. އެބޭފުޅުންނަށް ބާރު އަޅުއްވަންވީ ވަޢުޡު ވިދާޅުވުމާ މަޖައްލާތަކަށް ނެރުމާ މި ރައީސްއޮފީހުން ފޮނުވާފައޮތް ސިޓީ. މެދުމިން މިހާރުވެސް އިގޭތޯ. ހަމައެފަދައިން ދީނީގޮތުން އަދި މިއޮތީ މާނުބައި ވާހަކައެއް އިގޭތޯ. މިހާރު އަސްލު މައުޟޫއަށް މިއާދެވެނީ. “ދީނީގޮތުން އެހެންމީހުންނާ ތަފާތު ގޮތަކަށް އުޅޭ ބައެއްކަން ފާހަގަވެގެން ތިބުމަށްޓަކައި އެއީ ކޮންބައެއްކަން އޮޅުން ނުފިލާފަދަ ގޮތަކަށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު ތަންތާގައި އުޅުމާ މިދެންނެވި ކަންތައްތައް ކުރައްވާ ތިޔަމަޖިލީހުން (އެއީ އެންމެމަތީ މަޖިލީހުން) އިޢުލާނެއް ކުރެއްވުމަށް ދަންނަވާން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ”. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ މަތީ މަޖިލީހަށް ފޮނުވާފައޮތް ސިޓީފުޅެއްގެ ތަންކޮޅެއް އިގޭތޯ. އެހެންވީމާ މިއީ ހާދަނުބައި އިބާރާތެކޭ މިއަންނަނީ. އެއީ އެއްވެސް އިޚުލާސްތެރިކަމެއްނެތި އެކަނބަލުން އެ ބުރުގާ އަޅައިގެން އުޅޭކަން މީން އެ ވިދާޅުވަނީ. އެކަމަކު ބައްލަވާ ހާދަ ރަގަޅު ފިރިހެން ބޭފުޅުންނާ އަންހެން ބޭފުޅުން އެބައުޅުއްވައޭ އިގޭތޯ. އެކަމަކު މީގަ މިބުނަނީ ކީކޭތޯ ދީނީގޮތުން އެހެންމީހުންނާ ތަފާތުގޮތަކަށް އުޅޭ ބައެއްކަން ފާހަގަވެގެން ދިޔުމަށްޓަކައި މޫނުބުރުގާ އަޅައިގެ އެމީހުން އުޅެނީ ބައްލަވާ މިއީކީ ނޫނެއްނޫންތޯ މިކަހަލަ ވާހަކަ ހެޔޮނުވާނެނޫންތޯ ގައުމެއްގެ ވެރިއަކު ދައްކަވަން” ބީއޭ ނަސީމް ވިދާޅުވިއެވެ. |
Monday, October 22, 2007
Subscribe to:
Post Comments (Atom)
2 comments:
ވަރަށް ފުރިހަމަ
ވީވީ މޯޑު
Post a Comment