Monday, October 22, 2007

މޫނު ބުރުގާ އެޅުން މަނާކުރުމަށް ވުރެ ކޯޓު ފަޓުލޫނު ލުން މަނާކުރުން މާރަނގަޅުވާނެ - ބީއޭ ނަސީމް


ލިޔުނީ ހުސައިން ޒަބީރު (ހޒމވ)
އާދީއްތަ, 21 އޮކުޓޫބަރު 2007

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަލާފާން ސުކޫލުގައި ބޭއްވި އެމްޑީޕީގެ ޢާންމު ޖައްސާގައި ވާހަހަފުޅު ދަކަވަމުން މޫނުބުރާ އެޅުން މަނާކުރުމަށްވުރެ ކޯޓު ފަޑުލޫނުލުން މަނާކުރުން މާރަނގަޅުވަނެކަމަށް އެޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް އައްޝައިހް އާދަމް ނަސީމް (ބީއޭ) ވިދާޅުވެއްޖެއެވެ.

ބީއޭ ނަސީމްގެ ވާހަކަފުޅުގައި މޫނު ބުރުގާ އަޅައިގެން އުޅޭ މީހުން ގޭގެއަށް ވަދެ ވައްކަންކޮށް، އެމީހުންގެ ފަރާތުން ކުރިމަތިވާނެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އަންހެނުން މޫނު ބުރުގާ އެޅުން މަނާކުރަން ޖެހޭނަމަ، ރައީސް މައުމޫނު ހުވާ ކުރެއްވިރޭ ކޯޓު ފަޓުލޫނު ލައްވައިގެން، ހަތިޔާރު އަޅުއްވައިގެން ހުނަވާފައިވަތީ ހަތިޔާރަކީ މާބިރުވެރި އެއްޗެއްކަން ސިފަކުރައްވަމުން މޫނު ބުރުގަލަށް ވުރެ ކޯޓު ފަޓުލޫނުލުން މަނާކުރުމަކީ މާރަގަނޅު ކަމެއްކަމަށް އިޝާރާތް ކުރެއްވިއެވެ.

“ހިމަންދޫ މައްސަލައިގައިކަމަށް ވިޔަސް އެނޫން މައްސަލައެއްގައި ކަމަށްވިޔަސް މޫނުބުރުގާ އަޅާ އަންހެނުން ކުށެއް ކޮށްފިނަމަ ނުވަތަ ވައްކަމެއް ކޮށްފިނަމަ މޫނުބުރުގާއަޅާ އެހެން އަންހެނުންވެސް ވައްކަމެއް ކޮށްފާނެކަމަށްޓަކައި ނުވަތަ ފިރިހެނަކު މޫނުބުރުގާ އަޅައިގެން ވައްކަމެއް ކޮށްފާނެކަމަށްޓަކައި މޫނުބުރުގާ އެޅުން މަނާކުރަން ޖެހޭނަމަ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވިރޭ ކޯޓުފަޓުލޫނު ލައްވައިގެން ހަތިޔާރު އަޅުއްވައިގެންނޭ ހުންނެވީ. އެހެންވީމާ ކޯޓު ފަޓުލޫނުލުން މަނާކުރަންވީ ނޫންތޯ؟ އާދެ، ކޮންމެއަކަސް އާދައިގެ ހެދުންކޮޅެއްގަ ހުންނެވިނަމަ އެއްކަލަ މިތަނަށް ފިސްތޯލަ ޖަހާލާފަ ހުންނައިރު ހުންނާނެ ފެންނަން. އެކަމު ކޯޓު ފަޓުލޫނު ލީމަކާ ނެތް ފެންނާކަށް... މޫނު ބުރުގާއަކުންނެއް ނޫނެއްނޫންތޯ މި ނުބައިބައި މިކުޅެވެނީކީ؟ އެހެންނޫންތޯ، ދެން ހިމަންދޫގެ މައްސަލަ އިގޭތޯ މެދުވެރިވިކަމަށް މިބަލަނީ ބުރުގާއެޅި މީހުންނާ ތުބުޅީގެ އަހުލުވެރިން ކަމަށްބަލައިގެން. އެހެންވީމާ މިހާރު މޫނުބުރުގާ އެޅުން މަނާކުރުމަށް ސިޓީފުޅު ފޮނުވާފަ އެވަނީ އެކިއެކި ދިމަދިމާލަށް. މީގައި އަޅުގަޑު ދަންނަވަން ބޭނުންވާ އެއްވާހަކަ އެބައޮތް. މިހާރު މޫނުބުރުގާ އެޅީމާ ބައެއްމީހުން ބުނަނީ އެ ކާކުކަން ނޭގޭގޮތަށް ގޭގެއަށްވަދެ ވައްކަންވެސް ކޮށްފާނެއޭ، އިގޭތޯ. އެވަރަށް ނާދިރުކޮށް ވިޔަސް އެކަމެއްވާނީ. ދުވާލު މިހާރު އަޅުގަޑުމެންގެ އަމަލުހުރި ގޮތަކީ މޫނުބުރުގާ އަޅައިގެން ކާކުކަން ނޭގިގެން އުޅޭކަށް ނުޖެހޭ މަގުމަތިން އެދަމައިގަންނަނީ އަތުގައޮންނަ އެއްޗެއް ގަދަކަމުން. އެހެންވީމާ ކޮބައިތޯ ވަކި މޫނުބުރުގާ އަޅައިގެން އުޅޭ މީހުންނެއްނޫނޭ އެހެން ހަދަނީކީ އިގޭތޯ” ބީއޭ ނަސީމް ވިދާޅުވިއެވެ.



އިސްލާމް ދީނަކީ ލުއިފަސޭހަ ދީންކަމުގެ ތަޢުރީފް

ހަމައެހެންމެ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަމަށް ވިދާޅުވެ، އޭގެ އަސްލު ފޮރުވަން ސަރުކާރުން މަސައްކަތް ކުރައްވަނީ އިސްލަމްދީނާ ދުރުކުރުވަންކަމަށް ވިދާޅުވެ އިސްލާމްދީނަކީ މެދުމިނެއްގެ ދީނެއްކަމަށް ބުނާ ސަބަބު ސާފުކޮށްދެއްވިއެވެ.

“29 ސެޕްޓެމްބަރު 2007ގައި ސަލްޓަންޕާކުގެ މައްސަލައިގައި އެކަމަށް އިޝާރާތްކުރީ ނުވަތަ އަމާޒުކުރީ އެމްޑީޕީއަށް ސީދާ ރައީސުލްޖުމްހޫރިއްޔާ. ދެން ފަހުން އެވެއްޖެ ދީނީކަމަކަށް ދީނީމީހުން އޭގަ ހިމެނިއްޖެ. ދެން އަނެއްކާފަހުން ހިމަންދޫ މައްސަލަވެސް އެކަހަލަގޮތަކަށް ވެގެން ދިޔައީ. ދެން މިހާރު މިއަންގަވަނީ މެދުމިނު ދީނުގެ ވާހަކަ އިގޭތޯ. މިއަޅުގަޑުމެން އިސްލާމްދީނާ ދުރަށް ގެންދިޔުމުގެ އަނެއްވާހަކަ މިއީ. އަބަދުވެސް އިލްމުވެރިންވެސް ވާހަކަ ދައްކަވާއިރުގަ ގިނަ އިލްމުވެރިން ސަރުކާރުގެ އިލްމުވެރިން ވާހަކަދައްކަވާއިރު މެދުމިނުގެ އިސްލާމް ދީނެއްގެ ވާހަކަ ދައްކާނެ އިގޭތޯ. ލުއިފަސޭހަ އިސްލާމްދީނެއްގެ ވާހަކަ ދީނުގައި ދަތިކަމެއްނެތް ވާހަކަ. އެރަގަޅު ވާހަކަ އޭގެ މަގާމްގައި އިގޭތޯ. ކޮބައިތޯ ލުއިފަސޭހަ ކަމުގެމާނަ؟ ލުއިފަސޭހަ ދީނެއް މިހެން ކީރިތި ޤުރުއާނުންނާއި އަދި ސުންނަތުން ސާބިތުވަނީ އެއީ އެހެން އުއްމަތްތަކުގެ އެމީހުންނަށް ޖައްސަވާފައިވާ ތަކުލީފު އެމީހުންގެ ޝަރީއަތް އެމީހުންނަށް ޖައްސަވާފައިވާ ކަނޑައަޅާފައިވާ ހުކުމްތައް އެއާ އަޅާ ބަލާއިރުގައި މިއުއްމަތަށް ޖައްސަވާފައިވަނީ ލުއިފަސޭހަކޮށް އެއީ އޭގެމާނައަކީ. އެއްވެސް ހާލެއްގައި މިދީން މެދުމިން ކުރުމެއްނޫން އެއީކީ” ބީއޭ ނަސީމް ވިދާޅުވިއެވެ.


މެދުމިން ކަނޑައެޅުން

ހަމައެހެންމެ ބީއޭ ނަސީމްގެ ވަހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްލާމް ދީނުގެ މެދުމިން ކަނޑައަޅުއްވާ އިސްލަމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހަށް ފޮނުއްވަފައިވާ ސިޓީފުޅާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އިސްލާމީ ވެރިއްގެ ކިބައިން ފެނިގެންނުވާނެ ސިފަތައް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރިކަން މިސިޓީއިން ދޭހަވާކަމަށް ބީއޭ ނަސީމް އިޝާރާތްކުރެއްވިއެވެ.

“މިހާރު ފޮނުވާފައިވާ ސިޓީއަށް އަޅުގަޑު ދަންނަވާލާނަން މަތީމަޖިލީހަށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީގައި ދީނީގޮތުން މެދުމިނުގެ އުސޫލު ގެންގުޅުއްވާ ބޭފުޅުން އިގޭތޯ. އެބޭފުޅުންނަށް ބާރު އަޅުއްވަންވީ ވަޢުޡު ވިދާޅުވުމާ މަޖައްލާތަކަށް ނެރުމާ މި ރައީސްއޮފީހުން ފޮނުވާފައޮތް ސިޓީ. މެދުމިން މިހާރުވެސް އިގޭތޯ. ހަމައެފަދައިން ދީނީގޮތުން އަދި މިއޮތީ މާނުބައި ވާހަކައެއް އިގޭތޯ. މިހާރު އަސްލު މައުޟޫއަށް މިއާދެވެނީ. “ދީނީގޮތުން އެހެންމީހުންނާ ތަފާތު ގޮތަކަށް އުޅޭ ބައެއްކަން ފާހަގަވެގެން ތިބުމަށްޓަކައި އެއީ ކޮންބައެއްކަން އޮޅުން ނުފިލާފަދަ ގޮތަކަށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު ތަންތާގައި އުޅުމާ މިދެންނެވި ކަންތައްތައް ކުރައްވާ ތިޔަމަޖިލީހުން (އެއީ އެންމެމަތީ މަޖިލީހުން) އިޢުލާނެއް ކުރެއްވުމަށް ދަންނަވާން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ”. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ މަތީ މަޖިލީހަށް ފޮނުވާފައޮތް ސިޓީފުޅެއްގެ ތަންކޮޅެއް އިގޭތޯ. އެހެންވީމާ މިއީ ހާދަނުބައި އިބާރާތެކޭ މިއަންނަނީ. އެއީ އެއްވެސް އިޚުލާސްތެރިކަމެއްނެތި އެކަނބަލުން އެ ބުރުގާ އަޅައިގެން އުޅޭކަން މީން އެ ވިދާޅުވަނީ. އެކަމަކު ބައްލަވާ ހާދަ ރަގަޅު ފިރިހެން ބޭފުޅުންނާ އަންހެން ބޭފުޅުން އެބައުޅުއްވައޭ އިގޭތޯ. އެކަމަކު މީގަ މިބުނަނީ ކީކޭތޯ ދީނީގޮތުން އެހެންމީހުންނާ ތަފާތުގޮތަކަށް އުޅޭ ބައެއްކަން ފާހަގަވެގެން ދިޔުމަށްޓަކައި މޫނުބުރުގާ އަޅައިގެ އެމީހުން އުޅެނީ ބައްލަވާ މިއީކީ ނޫނެއްނޫންތޯ މިކަހަލަ ވާހަކަ ހެޔޮނުވާނެނޫންތޯ ގައުމެއްގެ ވެރިއަކު ދައްކަވަން” ބީއޭ ނަސީމް ވިދާޅުވިއެވެ.

ހަމައެހެންމެ ބީއޭ ނަސީމްގެ ވާހަކަފުޅުގައި ރާއްޖެ މިހާރު އޮތް ހާލަތު ސިފަކޮށްދެއްވަމުން ވިދަޅުވީ މިހާރު ރާއްޖޭގެ ހާލަތު މިއޮތީ މީގެ ކުރިން ތަޖުރިބާ ކޮށްފައިނުވާ މިންވަރަށް ދަށަށް ގޮސްފައިކަމަށާއި މިހާރު ދިވެހިން އިސްލާމްދީނާއި ދުރުކުރުމަށް ބޭނުންކުރަނީ މާ ނުރައްކާތެރި ހަތިޔާރެއްކަމަށެވެ.

“އަޅުގަޑުމެންގެ ރާއްޖެ މިހާރު ވެއްޓިފައިމިވަނީ ވަރަށްފުން ނުރައްކާތެރި އަނދަވަޅެއްގެ ތެރަށް. މިއީ ޕޯޗްގީޒުންގެ ޒަމާނުގައިވެސް ރާއްޖެ ނުވެއްޓޭފަދަ ފުން އަނދަވަޅަކަށް ވެއްޓިފައި މިއޮތީ. އެއީ ޕޯޗުގީޒުންގެ ޒަމާނުގައި ޕޯޗުގީޒުން އެއީ ކުރިސްޓިއަނުން އެމީހުން އިސްލާމުން އަޅުގަޑުމެން މުސްލިމުން ދީނާ ދުރުކުރީ ކިހިނަކުންތޯ. އެއްވެސް ހާލެއްގައި ތައުލީމުގެ ޒަރިއްޔާއަކުންނޫން. އެހެންނަމަވެސް މިހާރު އަޅުގަޑުމެން ދީނާ ދުރުކުރަމުން މިގެންދަނީ ތައުލީމުގެ ޒަރީއާއިން. މިދައުރު ފެށުނުތާ ކައިރީގައި އަޅުގަޑުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަދި އަޅުގަޑުގެ އަޚު އަލްއުސްތާޛު ހުސައިން ޔޫސުފްވެސް އުޅުއްވަނީ އެ އޮފީހުގައި އަޅުގަޑުމެން ދެމީހުން އެއް މަސައްކަތެއް ކުރަމުން ގެންދިޔައީ. އަޅުގަޑުމެން އޭރުގަ ގާނޫނު އިސްލާހު ކުރުމަށްޓަކައި އުފެއްދި ގާނޫނުހަދާ މަޖިލީހެއް. ޝައިޚު ހުސައިން ޔޫސުފަކީ ބ.އަތޮޅު މެންބަރު އަޅުގަޑުމީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއް. އަޅުގަޑުމެން ދެމީހުންވެގެން އަޅުގަޑުމެންގެ އެޕޮއިންޓްމަންޓް ތެރޭގައި ދެންނެވިން ލަސްވަމުންދާތީ ގާނޫނުހެދުން ލަސްވަމުންދާތީ މިހާރެކޭ އެއްފަދައިން ލަސްވަމުންދާތީ ކީކޭތޯ ވިދާޅުވީ. ވިދާޅުވީ އަޅުގަޑުގެ ހިޔާލުގެ މީހުން މަޖިލީހަށް ޖަމާވަންދެންނޭ މިލަސްކުރައްވަނީ. މިހާރުވެސް ހަމައެކައްޗެއް އިގޭތޯ އެހައްދަވަނީ” ބީއޭނަސީމް ވިދާޅުވިއެވެ.

2 comments:

Anonymous said...
This comment has been removed by the author.
Anonymous said...

ވަރަށް ފުރިހަމަ
ވީވީ މޯޑު