ވަޒީފާގެ ގާނޫނުގެ ދަށުން ގެއްލިފައިވާ ހައްގުހޯދުމަށް އަންނަ އޮކްޓޫބަރ މަހު 5 ވަނަ ދުވަހު ކުރުމަށް ހަމަޖައްސާފައިވާ ހަޅުތާލު 7 ވަނަ ދުވަހަށް ފަސްކޮށްފިކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. މި ހަޅުތާލު ލަސްކުރީ އަންނަމަހު 6 ވަނަ ދުވަހު ރިސޯޓް ތަކުގެ މުވައްޒަފުންނަށް ގާނޫނީގޮތުން ލިބިދޭންޖެހޭ ހައްގުތައް ލިބޭ ގޮތަށް ވަޒީފާގެ ގާނޫނު އިސްލާހު ކުރާނޭ ކަމުގެ ޔަގީންކަން މަޖުލީހުގެ މެމްބަރުން ދިނުމުންކަމަށް ޓީމްގެ ތަރުޖަމާނު މުހައްމަދު މިހާދު ބުންޏެވެ. އަދި އެހައްގުތައް ލިބިދޭގޮތަށް ގާނޫނު އިސްލާހު ނުކޮށްފިނަމަ އޮކްޓޫބަރ 7 ވަނަ ދުވަހު ހަޅުތާލުކުރާނެކަމަށް މިހާދު ބުންޏެވެ. ޓީމްއިން މީގެ ކުތިން ބުނެފައިވަނީ ވަޒީފާގެ ގަނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިދޭންޖެހޭ ހައްގުތައް ނުލިބިއްޖެނަމަ އޮކްޓޫބަރ 5 ވަނަ ދުވަހު ގާތްގަނޑަކަށް 20،000 މުވައްޒަފުން ހަޅުތާލު ކުރާނެކަމަށެވެ. މަޖުލީހުގެ މެމްބަރުން ވިދާޅުވިކަމަށް މިހާދު މައުލޫމާތު ދިނީ މަޖުލީހުގެ މަސައްކަތް ރޭވިފައިވާގޮތުން އޮކްޓޫބަރ 5 ވަނަ ދުވަހުގެ ކުރީން އެމަސައްކަތް ކުރުން އެއީ އުނދަގޫ ކަމެއްކަމަށާއި ނަމަވެސް 6 ވަނަ ދުވަހު މަޖުލީހުގެ ތަޅުމުގައި ވޯޓަކަށް އެއްސެވޭ ވަރު ވާނެކަމަށާއި އެދުވަހުގައި އެމައްސަލް އެޖެންޑާ ކުރެވިފައިވާކަމަށެވެ. ޓީމްގެ ފަރާތުން ހޯމަ ދުވަހު މަޖުލީހުގައި ގިނަ މެމްބަރުން ތަކެއް ތަމްސީލް ކުރާ ދިވެހި ރައްޔިތުންގެ ޕާޓީގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމުން އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިކަށް މިހާދު ބުންޏެވެ. މަޖިލީހުގައި 5 މެންބަރުން ތަމްސީލުކުރާ އެމްޑީޕީއާއި 1 މެންބަރު ތަމްސީލުކުރާ ލިބަރަލް ޕާޓީންވެސް މިއިސްލާހަށް ތާއީދުކުރާނެކަމަށް ޔަގީންކޮށްދީފައިވާކަމަށް ތީމުން ބުނެއެވެ. މެއިމަހު ތަސްތީގު ކުރެވުނު ވަޒީފާއާ ބެހޭ ގާނޫގެ ދަށުން އެންމެ ދަށް މުސާރައެއް ކަނޑައެޅުމާއި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވޭނެ އެންމެ ގިނަ ވަގުތަކީ ކޮބައިކަންފަދަ ވަރައްގިން ހައްގުތަކެއް މުވައްޒަފުންނަށް ލިބިދެއެވެ. ނަމަވެސް މިގާނޫނުގައި ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މި ހައްގުތަކުން މަހްރޫމްކުރެއެވެ. މިކަމާ ގުޅިގެން ލީގަލް ރިފޯމް މިނިސްޓަރ މުހައްމަދު ނަޝީދު ވިދާޅުވެގައިވަނީ މިމައްސަލައަކީ ގާނޫނު ފާސްކުރިއިރު އަތްދަށުން ގޮސްފައި އޮތްކަމެއްކަމަށެވެ. |
Thursday, October 2, 2008
ޓޫރިޒަމް މުވައްޒަފުންގެ ހަޅުތާލު އަންނަ މަހު 7 އަށް ފަސްކޮށްފ
Wednesday, 01 October 2008
No comments:
Post a Comment