Wednesday, October 1, 2008

ހަނދުފުށި ރިސޯޓްގެ ބާރ ފަޅާލައިގެން ވަގަށް ނަގާފައިވާ ރާފުޅިތަކުގެ ތެރެއިން ބައެއް ހޯދައިފި



01 އޮކްޓޫބަރ 2008
އައިޝަތު ޞޯލިޙް - ހާމަނޫސް
image

އައްޑު އަތޮޅު ހަނދުފުށި ރިސޯޓް އެންޑް ސްޕާރގެ ބާރ ފަޅާލައިގެން ވަގަށް ނަގާފައިވާ ރާފުޅިތަކުގެ ތެރެއިން ބައެއް ހޯދައިފިއެވެ.

މިހާދިސާއާއި ގުޅިގެން މިމައްސަލަ ފުލުހުން ބަލަމުންދަނިކޮށް އާންމު މީހެއްގެ އެހީތެރިކަމާއިއެކު މީގެތެރެއިން ބައެއް ފެނިފައިވަނީ މިމަހުގެ 29 ވަނަދުވަހު މެންދުރު 2 ޖަހާ އެހާކަންހާއިރު، އެރިސޯޓާއި އިންވެގެން އޮތް ހުޅުދޫގެ މާފުށީގެ ވަލުތެރޭގައި ގޯންޏަކަށް އަޅާފައި ފޮރުވާފައި ހުއްޓައެވެ.

މިމަހުގެ 28 ވަނަ ދުވަހުގެރޭ 6:30 ހާއި 10:30 ދޭތެރޭގައި އެރިސޯޓްގެ ބާރ ފަޅާލައިގެން 44 ފުޅި ރާ ވަނީ ވަގަށް ގެންގޮސްފައެވެ. ނަމަވެސް މީގެތެރެއިން މިހާތަނަށް ފެނިފައިވަނީ 26 ފުޅި ރާ ކަމަށާއި، މިތަކެތި ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެރޭގެ ވަގުތެއްގައި ހަނދުފުށި ރިސޯޓާއި ހަވާލުކޮށްފައިވާކަމަށް އައްޑޫ ޕޮލިސް ސްޓޭޝަނުން މައުލޫމާތުދެއްވިއެވެ.

މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސްމީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މިހާރު މިމައްސަލަ އިތުރަށް ތަހުޤީގުކުރައްވަމުން ގެންދަވާ ކަމަށްވެސް އެސްޓޭޝަނުން މައުލޫމާތުދެއްވިއެވެ.

No comments:

Post a Comment