The Maldives - Tourism Update
Wednesday, October 1, 2008
އެއްފަހަރާ ގިނަ ފަތުރުވެރިންތަކެއް އައްޑުއަތޮޅު ހަނދުފުށި ރިސޯޓްއެންޑް ސްޕާރއަށް އަތުވެއްޖެ
އެއްފަހަރާ ގިނަ ފަތުރުވެރިންތަކެއް އައްޑުއަތޮޅު ހަނދުފުށި ރިސޯޓްއެންޑް ސްޕާރއަށް އަތުވެއްޖެ
01 އޮކްޓޫބަރ 2008
އައިޝަތު ޞޯލިޙް - ހާމަނޫސް
އައްޑުއަތޮޅަށް ފަތުރުވެރިކަން ފުޅާވިފަހުން އެއްފަހަރާ ގިނަ ފަތުރުވެރިންތަކެއް އެއަތޮޅު ހަނދުފުށި ރިސޯޓްއެންޑް ސްޕާރއަށް އަތުވެއްޖެއެވެ.
އިއްޔެރޭ އެކަނިވެސް އެރިސޯޓަށް 300 ފަތުރުވެރިން ގޮސްފައިވާކަމަށް ހަނދުފުށި ރިސޯޓްއެންޑް ސްޕާރއިން މައުލޫމާތުދެއްވިއެވެ.
އިއްޔެރޭ އެރިސޯޓަށް ދިޔަ ހުރިހާ އެންމެންނަކީވެސް ޗައިނާގެ ފަތުރުވެރިންކަމަށާއި، މިހާގިނަ އަދަދެއްގެ ފަތުރުވެރިން އެއްފަހަރާ އައި ކަމުގައިވިޔަސް އެމީހުގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އިންތިޒާމްކުރެވިފައިވާކަމަށް، ޔޮޓް ޓުއާސް މޯލްޑިވްސްގެ އެގްޒެެކްޓިވް ޑައިރެކްޓަރ އަދި، ޖޭ ރިސޯޓް ހަނދުފުށީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރަޝީދު މައުލޫމާތުދެއްވިއެވެ.
މެލޭޝިޔަން އެއަރލައިންގައި ރާއްޖެއައި ޗައިނާގެ 300 ފަތުރުވެރިން އައްޑުއަތޮޅު ގަމަށް އުފުލުމުގައި ރޭ ދަންވަރު 7 ފްލައިޓް ވަނީ އޮޕަރޭޓްކޮށްފައިއެވެ.
އޭގެތެރޭގައި މޯލްޑިވިއަންގެ ބައެއް ބޯޓްތަކުގެ އިތުރުން ޓްރާންސްމޯލްޑިވްސްގެ ދެބޯޓްވެސް ހިމެނެއެވެ.
މިއީ އައްޑުއަތޮޅަށް ފަތުރުވެރިކަން ފުޅާވިފަހުން އެއްފަހަރާ އެންމެގިނަ ފަތުރުވެރިން އެއަތޮޅަށް އަދި އެރިސޯޓަށް ދިޔަ ފުރަތަމަ ފަހަރެވެ.
ކުރިން ހެރަތެރެ ނަމުގައި ހިންގި މިރިސޯޓްގެ ނަން ބަދަލުކޮށް ޔޮޓް ޓުއާސްއިން މިރަށާއި ހަވާލުވީ މިއަހަރުގެ މެދުތެރޭގައިއެވެ.
ޔޮޓް ޓުއާސްއިން މިރަށާއި ހަވާލުވުމަށްފަހު ރަށް އިތުރަށް ތަރައްޤީކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އޭގެތެރޭގައި ފަތުރުވެރިންގެ ޝަކުވާތަށް ގިނަވެގެން ގޮސްފައިވާ އެރިސޯޓްގެ މޫދުވިނައިގެ މައްސަލައިގެ އިތުރުން ބީޗް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް ހަނދުފުށިން މައުލޫމާތުދެއްވިއެވެ.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment